![]() | |||
|
އެމްޑީޕީ ފުނޑުފުނޑުވީ ރަނގަޅު ލީޑަރޝިޕެއް ނެތިގެން
* ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ސަރުކާރާއި ދެކޮޅު ބަޔަކު ނުކުމެގެން އެވަރެއްނެތިގެން ތެޅިއެރުވި އެމްޑީޕީ ޖަނާޒާވެ ޕާޓީގަނޑު ފުނޑުފުނޑު ވެއްޖެއެވެ. އެމްޑީޕީގައި ތިބި ނަގާކިޔާ މީހުންނާއި ކަމުވޮށިގެންވާ މީހުންނާއި ދުރުވިސްނޭ މީހުންތައް ޕާޓީ އާއި ފެއަށްޖެހި ވިއްސިވިހާލި ވެއްޖެއެވެ. އެމްޑީޕީގެ ހަސްފަސް ނެތި ކަފުންވެ މިއަދު މިވަނީ ޖަނާޒާއާއި ކުރިމަތިލާން ޖެހިފައެވެ. ޤަބޫލުކުރިއަށް ނުކުރިއަސް ޙަޤީޤަތްވާނީ ޙަޤީޤަތަށެވެ.
އެމްޑީޕީ އުފެދިގެން އައި ރަންޒަމާނުގައި ސަޕޯޓަރުންނާ ހެދި މަގެއްމައްޗަށް ވިޔަސް ޕާކަކަށް ވިޔަސް ނުކުތުންވަނީ ބޮޑު އާފާތަކަށެވެ. ދެރެއިން އެއްރޭ ކޮންމެވެސް ބޮނޑިބަތް ޖާފަތެއް ކައްކައިގެން މީހުންތައް އެއްވެ ތޮއްޖެހިގެން އުޅޭއިރު ހީވަނީ ހިނި ދަރަކުން ހިނިއޮހޮރޭހެންނެވެ. ނަމަވެސް މިހާރު މިއޮތީ މޫސުމް ބަދަލުވެފައެވެ. މިއަދު މިވާހަކަތައް ދެއްކުމުގެ މާބޮޑު ބޭނުމެއްނެތެވެ.
އެންމެބޮޑު އިދިކޮޅު ޕާޓީގެ ލަގަބު އެމްޑީޕީއަތުން ބީވެއްޖެއެވެ. މީހަކާއިޖެހި މީހެއް ޕާޓީ ދޫކޮށް އެހެން ޕާޓީތަކުން ޖާގަ ހޯދައިފިއެވެ. އެންމެން ބަލަބަލާ ތިއްބާ އެމްޑިޕީގެ މުގޫތައް ޖުމްހޫރީ ޕާޓީއާ ގުޅިލާމެހި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް އަގުލަބިއްޔަތު ގެއްލުވާލައިފިއެވެ. މިއިން ދައްކައިދެނީ އެމްޑީޕީ ފެއިލްވެއްޖެކަމެވެ. މިހެންވާންޖެހުނީ އިނގިރޭސި ވިލާތުގައި އަމިއްލަށް އަރުވާލެވިގެން ހުރުމަށްފަހު އައި މާވަރުގަދަ ލީޑަރެއްގެ އަވައިގައި އެމްޑީޕީއަށް ޖެހިގެންނެވެ. މިފެންނަނީ ލީޑަރ ޝިޕް ނެތް މީހެއްގެ ފަހަތުގައި އެނބުރުމުގެ ނަތީޖާއެވެ. އިނގިރޭސި ކޮންޒަވޭޓިވުންގެ ތެރޭގައި ތިބި ކަރަޕްޓް ޕޮލިޓީޝަނުންނާއި ގުޅުމުގެ ހިތި ނަތީޖާއޭވެސް ބުނެވިދާނެއެވެ.
|
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||