|
26th August 2008
ކަޅަލަ
މައުމޫން2008 ކެމްޕޭން-1

މި މައުޟޫޢުގައި އަޅުގަނޑު ބަލާލަން
ޤަޞްދުކުރަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ޑީ.އާރު.ޕީ.ގެ ޒަޢީމް
އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ
ރަނިންމޭޓް އޮނަރަބަލް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ، ރިޔާސީ
އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރާއްޖޭގެ އެކި އަތޮޅުތަކަށް
ފައްޓަވައިގެން މިހާރު ކުރިއަށްގެންދަވާ ދަތުރުފުޅުތަކާ
ބެހޭގޮތުންނެވެ. ރައީސް މައުމޫނަކީ ތިޔަބޭފުޅުން ނޫނަސް،
އަޅުގަނޑުގެވެސް ހޮވުމެވެ. ނަމަވެސް، މި މައުޟޫޢުގައި
އެމަނިކުފާނަކީ ރައީސް މައުމޫނެއް ނޫނެވެ. ޑީ.އާރު.ޕީ.ގެ ޒަޢީމެވެ.
ޒަޢީމް މައުމޫން އަތޮޅުތަކަށް ފެއްޓެވި
ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި ފުރަތަމަ ރަށެއްގެ ގޮތުން ވަޑައިގަތީ
ރ.މީދޫއަށެވެ. މީދޫއަށް ވަޑައިގަތުމުން، އެރަށު ރައްޔިތުން ޒަޢީމު
މައުމޫނަށް ދަންނަވާފައިވަނީ ވަރަށް ފުރިހަމަ މަރުޙަބާއެކެވެ. ވެހެމުންދިޔަ
ބޯ ވާރޭގައި އެއްވެސް ފޫހިކަމެއްނެތި އެމީހުންގެ ލޯބިވާ ޒަޢީމާއި
ބައްދަލުކުރުމަށް އެރަށު ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. މުޅި ބަނދަރު
ސަރަޙައްދާއި އަތިރިމަތި ވަނީ ޒަޢީމު މައުމޫނަށް މަރުޙަބާ ދެންނެވުމުގެ
އަޑުން ގުގުމާފައެވެ.
މީދޫއަށްފަހު، އޮއްސުނު އިރާއެކު ޒައީމު މައުމޫން ވަޑައިގަތީ އެއަތޮޅު
އުނގޫފާރަށެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭވެހެމުން ދިޔައެވެ. ނަމަވެސް،
އުނގޫފާރާއި އެރަށުގައި އުޅޭ ކަނދޮޅުދޫ ރައްޔިތުން، ޒަޢީމު މައުމޫނަށް
ދަންނަވާފައިވަނީ އާދަޔާޚިލާފު މަރުޙަބާއެކެވެ. ކެމްޕޭނުގެ ބައިވެރިން
އުފަލުން ފޮޅުވާލި ޖޯޝުން ފުރިގެންވާ މަރުޙަބާއެކެވެ.
އެއަށްފަހު، ޒަޢީމް މައުމޫނު ވަޑައިގަތީ ރ.އަތޮޅު ހުޅުދުއްފާރަށެވެ.
މެންދުރުގެ އެންމެ ގަދަ ހޫނުގައި ހުޅުދުއްފާރު ރައްޔިތުން ޒަޢީމް
މައުމޫނަށް މަރުޙަބާ ދެންނެވީ ރަށުގެ ޒުވާން ކުދިންކޮޅެއް ހުށަހަޅާލަދިން
ހިތްގައިމު އައިޓަމަކުންނެވެ. މިއަތޮޅުގެ އެހެން ރަށަކުން ޒަޢީމް މައުމޫނާ
އިދިކޮޅު އެއްވެސް ޝުޢުރެއް ފެނިފައި ނުވިނަމަވެސް، މިރަށުން އެފަދަ
މަންޒަރެއް ފެނިގެން ދިޔައެވެ. އެހެންނަމަވެސް، ޑިމޮކްރަސީގެ ހަމަތަކާއެކު
މަދުބަޔަކު ފާޅުކުރަމުންދިޔަ އިދިކޮޅު ޚިޔާލު، ޒަޢީމު މައުމޫނު
އިޚްލާޞްތެރިކަމާއެކު ޤަބޫލުފުޅު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، ކުޑަ
ހިނދުކޮޅެއްގެ ތެރޭގައި އިދިކޮޅު ޚިޔާލު، އެއްކޮޅު ޚިޔާލަށް ބަދަލުވެގެން
ދިޔައީއެވެ. އުފަލާ ހިނިތުންވުމާއެކު، އެމީހުންވެސް ޒަޢީމު މައުމޫނަށް
މަރުޙަބާ ދެންނެވީއެވެ. މިއީ، ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެއްވެސް
ކެންޑީޑޭޓެއްގެ ފަރާތުން މިހާތަނަށް ފެނިފައިވާ މަންޒަރެއް ނޫނެވެ.
މިކަމުންވެސް އެނގިގެންދިޔައީ، ޒަޢީމު މައުމޫނަކީ ޑިމޮކްރަސީގެ ހަމަތައް
ޤަބޫލުކުރައްވާ ލާމަޘީލު ލީޑަރެއްކަމެވެ.
ޒަޢީމް މައުމޫން ރ.އަތޮޅަށް ކުރެއްވި މި ކާމިޔާބު ދަތުރުފުޅަކީ، މިއަހަރުގެ
ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ
މަންޒިލެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންގމޭޓް އޮނަރަބަލް
އަޙްމަދު ތަސްމީނު ޢަލީގެ ދެކަނބަލުންނާއި، ޕާޓީގެ ނާއިބު ޒަޢީމު
އޮނަރަބަލް ޙަމްދޫން ޙަމީދާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް
ޢަބްދުﷲ ޙަމީދާއި، ޒަޢީމް މައުމޫނުގެ އަނބިކަނބަލުން އަލްފާޟިލާ ނަސްރީނާ
އިބްރާހީމާއި، ދަރިކަނބަލުން ދުންޔާ އަދި ދަރިކަލުން ޣައްސާނު ބައިވެރިވެ
ވަޑައިގަތެވެ. ޒަޢީމު މައުމޫން މިފަހަރު ވަޑައިގެންނެވި ރަށްތަކުގެ
ރައްޔިތުންގެ ޝުޢޫރުތަކަށް ވިސްނުމަށްފަހު، ދެންނެވޭނީ، %90 ތާއީދު
އެމަނިކުފާނަށް މިރަށްތަކުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
|