![]() | |||
|
23rd August 2008 ކީރިތި ޤުރްއާނުގެ އާ ދިވެހި ތަރުޖަމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވައިފި
ކީރިތި ޤުރްއާނުގެ އާ ދިވެހި
ތަރުޖަމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި
ޝާއިޢުކުރައްވައިފިއެވެ. މިތަރުޖަމާ ވެބްސައިޓުގައި
މިޝާއިޢުކުރެއްވީ، ތަރުޖަމާ ވިދާޅުވާން ބޭނުންފުޅުވާ ފަރާތްތަކަށް
ތަރުޖަމާ ވިދާޅުވެވޭނެގޮތް ހަމަޖެއްސެވުމަށްޓަކައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ،
ޑަބްލިޔޫޑަބްލިޔޫޑަބްލިޔޫ ޑޮޓް ޕްރެޒިޑެންސީމޯލްޑިވްސް ޑޮޓް ގަވް
ޑޮޓް އެމްވީ
www.presidencymaldives.gov.mv
އެވެ. ކީރިތި ޤުރްއާނުގެ އާ ދިވެހި ތަރުޖަމާގެ ސޮފްޓް ކޮޕީ، ރާއްޖޭގެ ރޭޑިޔޯ ސްޓޭޝަންތަކަށާއި، ޓީވީ ސްޓޭޝަންތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރުވަނީ ފޮނުއްވާފައެވެ. އަދި ކީރިތި ޤުރްއާނުގެ އާ ދިވެހި ތަރުޖަމާގެ ކޮޕީއެއް، ރާއްޖޭގައި މީހުން އުޅޭ ކޮންމެ ގޭބީސީއަކަށް، ހަދިޔާ ކުރައްވާ ގޮތަށް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.
|
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||