![]() | |||
|
23rd August 2008
ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ
ފޮޅޭނެޔޭ...
ރީތި ޅެންބައިތެއް އެހެންނުންތޯއެވެ. މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ ރިޔާސީ ކެމްޕޭން ލަވައެކެވެ. ނަމަވެސް ހިތާމައަކީ މިއޮއްފަދަ ރީތި ގައުމީ ލަވައަށްވެސް އެމްޑީޕީން ކުރަފިއަރުވާކަމެވެ. ލަވައިގައި ކިޔާ އެއްޗަކާއި އެމްޑީޕީން ބުނާ އެއްޗެއް ދިމައެއްނުވެއެވެ. މިސާލަކަށް ލަވައިގައި ޅެންވެރިޔާ ވިދާޅުވާ ނޫރާނީ މަލެއް އެމްޑީޕީއަކަށް ނުދެއްކުނެވެ. ނުވަތަ ގަސްދުގައި ނުދެއްކީއެވެ. މިއާއިޚިލާފަށް އެމްޑީޕީން ނުރާނީ މަލުގެ ބަދަލުގައި ދައްކަނީ ގުލްޒަމްޕާ މަލެކެވެ. ނުވަތަ ޓެމްޕަލް ފްލާވަރ އެކެވެ.
ޓެމްޕަލް ފްލާވަރ އަކީ ފައްޅިތަކުގައި ނުވަތަ ޗާޗްތަކުގައި އެމީހުން އަޅުކަންކުރުމަށް ބޭނުންކުރަމުން އަންނަ، ދިނީ ކުލަ ޖައްސާފައިވާ މަލެކެވެ. މިމާ އެމްޑީޕީން ރިޔާސީ ކެމްޕޭނުގައި ބޭނުންކުރަނީ ފައްޅިތަކުގެ ލޯތްބާއި މަދަދު ހޯދުމުގެ ބޭނުމުގައެވެ. އެމްޑީޕީގެ ގިނަ މެންބަރުންގެ ތެރެއިން ޚާއްޞަކޮށް ބޮޑުންނަކީ މާތްވެގެންވާ އިސްލާމްދީނަށް ލޯތްބެއް އޮތް ބައެއްނޫނެވެ. ގިނައީ ލާދިނީ މީހުންނާއި ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ ނުވަތަ އެފަދަ ޢަމަލުތައް ކުރުމުގައި ހައްދުފަހަނަ އަޅައިގެންގޮސް ކޮންމެވެސް ވަރެއްގެ އަދަބެއް ޝަރީއަތުން އެމީހަކަށް ލިބިފައިވާ މީހުންނެވެ. ވިމާ، މިމީސްމީހުންނަށް ގައުމަށޭ ކިޔާފައި ކަމެއް ކޮށްދެވިދެވިދާނެކަމަށް ޤަބޫލެއް ނުކުރަމެވެ.
މިއީ ދިވެހިރައްޔިތުންނަށް އެނގި ބާވެފައިވާ ވާހަކަތަކެވެ. އެހެންވެ ބުނެވޭނީ ކިތަންމެ މަލެއް ފޮޅުނަސް ދެނެއް އެމްޑީޕީން އެބުނާ އެމީހުންގެ މަލެއް ނުފޮޅޭނެއެވެ. ފޮޅޭނެނަމަ މިހާރު އެމަލެއްހުރީހީ ފޮޅިފައެވެ. ނޫރާނީ މަލާއި ގުލްޗަންޕާ އޮޅުވާލިޔަކަސް ދިވެހިންނަކަށް އެމްޑީޕީއެއް ނޯޅެއެވެ. އަދިހަމަ އެހެންމެ އޮޅުވައެއް ނުވެސްލެވޭނެއެވެ.
|
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||