![]() | |||
|
23rd August 2008
ރަނިންމޭޓެއް ނުލިބިގެން އަންނި ގޮތް ހުސްވެފައި
އިބްރާހީމް ޙަސަން
އިދިކޮޅު މައިޕާޓީކަމަށް ދައުވާކުރަމުން އައި އެމްޑީޕީ މިހާރު މިއޮތީ ޖަނާޒާވެފައެވެ. މީހަކަށްފަހު މީހެއް އެޕާޓީން ކެނޑެމުންގޮސް ދެންމިހާރު ލައިގެން ކާވަރުވެސް އުޅެނީނުވެގެންނެވެ. ހުރިހާ ޕާޓީތަކަކުން ވާދަކުރާ މިފަހަރުގެ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު އެމްޑީޕީގައި އުރަތްޕެއް ހުރި ހަމަ އެންމެ ގޮލައެއްވެސް ނުފެނެއެވެ. އަންނިއަށް ތަބާވާ ދެތިން ކެނައިން ލައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި ފެންނަނީ އަބަދުވެސް ފަހަތަށް ދުވާތަނެވެ.
ރަނިންމޭޓް ގަނޑުވެސް ވީހިސާބެއް ބުނަން އެނގޭ މީހަކު އެމްޑީޕީގައިނެތެވެ. ހުރިހާކަމެއްވެސް އެނގެނީ އަންނިއަށެވެ. ޗެއަރޕާސަނަކަށް ހުރި މާރިޔާ ޖަޑިބަކަށް އަމިއްލަ އިޚުތިޔާރުގައި އެއްޗެއް ބުނުމުގެ ހުއްދައެއްނޯވެއެވެ. ހުރިހާވެސް ބާރަކީ ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރާ އަންނިއެވެ. ވޯޓްގައި ވަގުހަދައިގެން ރިޔާސީ ކެންޑިޑޭޓްކަން ދަމައިގަނެގެން އުޅޭ މަޖްނޫނަށް ރަނިންމޭޓެއްގެ މައްސަލާގައި ބޯގޮވާފައި ހުއްޓާ އެމްޑީޕީގެ ރައީސްކަން ދޫކޮށްލާފައި މުނައްވަރުވެސް ބަޗައިފިއެވެ. މިއީ އަޅޭފަހެ ހުސްކުރާ ސޭލަކީތޯއެވެ.
އަނެއްކޮޅުން އަންނި އެންމެ ޖެހިލުންވާ ޑީއާރުޕީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛު މައުމޫން އަބްދުލްޤާއްޔޫމާއި އެމަނިކުފާނުގެ ރަނިންމޭޓް އަތޮޅުތަކުގައި އެބޭފުޅުންގެ ވަރުގަދަ ކެމްޕޭން ކާމިޔާބުކަމާއެކު ޖައްސަވާ ރައްޔިތުންގެ ލޯބި ހޯއްދަވަނީއެވެ. އެކަމަކު އަންނިތޯއެވެ. ރަނިންމޭޓެއް ނުލިބިގެން ދެލޯ މުދުނަށް އަރުވައިގެން ޔާގުތު ފައްޅީގައި ވަޖިދުވުންނޫން ކަމެއްނެތެވެ. މިއަހަރުގެ ނޮވެމްބަރ 11 ގައި ވެރިކަމުގައި ހުވާކުރަން ވަޢުދުވި ބޭފުޅާގެ ލޭވެސް މިހާރު މަތިކަމަށް ޑޮކްޓަރުން ވަނީ އޭނާއަށް އިންޒާރުދީފައެވެ. ޤައުމުގެ ވެރިމީހާޔޯ އައްޗި ބޯހަލާކު!!!!
|
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||