![]() | |||
|
21st August 2008
އަންނިތަކުރުފާނުގެ ''އަނެއް ދިވެހިރާއްޖެ'' ފައްޅި އާއި ސޮލީބުގެ ދިވެހިރާއްޖެ ސުބު
އަންނި ކެމްޕޭން
ދަތުރުގައި ބަރާބަރު ހަތް މީހުންނާއެކު ބައްދަލުވުން ކުރިއަށްދަނީ އެމްޑީޕީ ވެރިކަމެއްގައި ''އަނެއް ދިވެހިރާއްޖެ'' އަކަށް ގެންދާނަމޭ ހަރުއަޑުން ކިޔާއަޑު އެބައިވެއެވެ. އަދި ރިޔާސީ ފަސް ވައުދެއްގެ ވާހަކަވެސް އެބަކިޔާމެއެވެ. އެހެންނަމަވެސް ''އަނެއް ދިވެހިރާއްޖެ'' އޭ ބުނުމުން ރައްޔިތުންނަށް އޮޅުންއަރާތީ، މިބުނާ އެއްޗެއްގެ މާނަ އޮޅުންފިލުވައިދޭން އެބަޖެހެއެވެ. ކޮންމެގޮތެއްވިޔަސް އެމްޑީޕީއަކީ އަންނިތަކުރުފާނު ވަށާ މުގޯލިއަޅާ ދުވަމުންދާ ޖަމާޢަތަކަށްވާތީ އަންނިތަކުރުފާނު ބުނެފިނަމަ ރޭގަނޑު ދުވާލަށްވެ އެބަސްމަތީ ތިބެން މަޖުބޫރުކުރުވައެވެ.
މިބީދައިން ކަންހިނގަމުންގޮސް ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ މޮޓޯ '' އަނެއް ދިވެހިރާއްޖެ'' މިބަސް ރައްޔިތުންނަށް ވިއްކާލުމަށްޓަކައި އަންނިތަކުރުފާނު ބުނުމުގެ މައްޗަށް އެމްޑީޕީ ގަދަފައި ވިއްދަމުންދަނީއެވެ. ''އަނެއް ދިވެހިރާއްޖެ'' މިއީ ކިހިނެތްވާ ކަމެއްކަންވެސް އެމްޑީޕީގައި ތިބި މަރުދޮޅިން ނުވެސް ދެނަހުއްޓެވެ. އެކަމަކު ''އަނެއް ދިވެހިރާއްޖެ'' ގެ ޙަޤީޤަތް ދަންނަ އަދި އެކަން ވަންހަނާކޮށްގެން ތިބި ބަޔަކުވެސް އެމްޑީޕީ ކުރީސަފުގައި މިސާލަކަށް އަމީނުއާންމުގެ ނާއިބް އާނިޔާ އާއި ބޮނދު ނަސީރުމެން ކަހަލަ ލާދީނީ ބަޔަކު ''އަނެއް ދިވެހިރާއްޖެ'' އަކަށް ގެންގޮސް ދިނުމަށްޓަކައި ވަނީ އަރުވާޖަހާފައެވެ.
އަންނިތަކުރުފާނު އެބުނާ ''އަނެއް ދިވެހިރާއްޖޭގައި ރަސްމީކޮށް ފައްޅިތަށް އެޅޭހުށިކަމެވެ. އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ފުރުޞަތު ހުޅުވާލާ ހުއްޓެވެ. އަދި ވަކިން ޚާއްޞަކޮށް އެކިއެކި ރަސްމިއްޔާތުތަކުގައި އެކިސައިޒުގެ ސޮލީބު ބަހާނެއެވެ. އަދި ނުވިތާކަށް ފިހާރަތަކުން ހެޔޮއަގުގައި އެތަކެތި ގަންނަން ލިބެން ހުންނާނެއެވެ. މެދުނުކެނޑި ބުދުކޯލުތަކުން ރަނގަބީލުގެ އަޑު ނުހުއްޓި އިވެމުންދާނެއެވެ. މިއީ އެބުނާ މަގުފުރައްދާ ''އަނެއް ދިވެހިރާއްޖެ'' ގެ ހާލަތު ފަލަކީ ހިސާބުތަކުން ދައްކާގޮތެވެ. އަދި ''އަނެއް ދިވެހިރާއްޖެ'' އަކީ އަންނި އާއި ގުޅުންހުރި ސީދާ އިނގިރޭސި ކްރިސްޓިއަން ފައްޅިތަކުގެ ފާދިރީން އަންގައިގެން ރާވަމުންދާ ބޮޑު ރާޒުވާ ކުޅިގަނޑެކެވެ.
ދެންއޮތީ ރިޔާސީ ފަސް ވަޢުދެވެ. މިއީވެސް ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެކެވެ. މިއިންއެއްވެސް ކަމެއް ކޮށެއްނުދެވޭނެއެވެ. މިފަސް ވަޢުދުގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނުގެ ޙައްގުގައި އެއްޗެއް ނުބުނެ އޮތީވެސް ފާދިރީންގެ ޕްރެޝަރާއި އެމީހުން ދޭ ޑޮލަރުތަކުން ޑޮލަރެއްގެ މިންވަރުވެސް މަދުވެދާނެތީ ނޫން ދެންކޮން އެހެންކަމެއްހެއްޔެވެ.
އެންމެހާ ރައްޔިތުންނޭވެ! އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަންނިތަކުރުފާނަކީ ބޮޑު މޮޔައެކެވެ. މިކަލޭގެ ހައްލައިލައިގެން ފާދިރީން އެއުޅެނީ އެމީހުންގެ ހުވަފެނެއް މިތަނުގައި ސީދާ ކުރެވޭތޯއެވެ. އެއްގޮތަކަށްވެސް ހަމަހިލާ އެހެން ހެދިޔަދީގެން ނުވާނެއެވެ. މިފަހަރަކީ އަހަރެމެންގެ ފަހަރަކަށްހަދާތަން އެމީހުންނަށް ދައްކާލަން ވާނެއެވެ.
|
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||