ފިލިވަހީދު ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ! ކިހިނެތްވާނެބާ؟

އައްޑޫ ބެއްޔާ

 

ރާއްޖޭގައި އޮންނަނީ ދެމޫސުމެވެ. އެއީ އިރުވައި މޫސުމާއި ހުޅަނޑު މޫސުމެވެ. އެއްވެސް ހާލެއްގައި އަހަރެން މިއުޅެނީ މޫސުމާއިބެހޭ ގޮތުން ރިޕޯޓެއް ހުށަހަޅާކަށްނޫނެވެ. ބުނަން މިއުޅެނީ ދެމީހަކަށް ސިޔާސީ ޕާޓީހަދާ ދުވަސްވަރު އަހަރެމެންގެ ރާއްޖެއަށް ލައިގެންފި ވާހަކައެކެވެ. މީގެތެރެއިން މަޝްހޫރު ފިލިވަހީދު ހަސަންމަނިކަކީ ވިޔަފާރި އުސޫލުން ޕާޓީއެއް ހިންގާ ބަލަހަށްޓާ މީހެކެވެ.

 

އެންމެފަހުން މިއަހަރުގެ ރިޔާސީ އިންތިޚާބަށްވެސް ކުރިމަތި ލައިފިއެވެ. ވާނެގޮތެއް ނޭންގެއެވެ. ރަނިންމޭޓުވެސް ހުރީ މާޔޫސްކަމެއްގެ ތެރޭގައޭ ބުނާތީ އިވެއެވެ. ގިނަ ބައްދަލުވުންތައް ބާއްވާނީ އިލިޔާސް ޅިޔަނުގެ ޖަވާހިރުވާދީގައެވެ. އަވައްޓެރިން ބުނެޔޭ ކޮންމެރެއަކު ލަދުރަކިކޮށް ތިބޭ ހައެއްކަބޯ ޖަވާހިވާދީއަށް ވަދެޔޭ އެކަމަކު ގަޑިދޮޅުގަޑިއިރުކޮށްފައި ނުކުންނައިރު ތިބެނީ ވައްތަރެއްގެ މާޔޫސްކަމެއްގައިތާއެވެ. ބައްދަލުވުމަށް ދާ ކުދިންކޮޅު ބުނެޔޭ ވަހީދުބެޔޭ މިކަމެއްނުވާނެޔޭ ތީމުގޭ ހިފޭކަށްނެތޭ ލާރިކޮޅު ބަހާލާފައި އަވަހަށް ރާއްޖެއިން ފިލައިގެން ދިއުންނޫން ގޮތެއްނެތޭމެއެވެ.

 

ކޮންމެއަކަސް ފިލިވަހީދަކީ އެއްވެސް އިރެއްގައި ދިވެހިންގެ ތާއީދު އޮތް މީހަކަށްނުވުމާއި އަބަދު ފިލަފިލައިގެން އުޅުމުގެ ސަބަބުން ރައްޔިތުންގެ ލޯތްބާއި އިތުބާރު ގެއްލިފައިވާތީ ރިޔާސީ އިންތިޚާބުގައި އުޅޭނީ އެންމެންގެ ފުލުގައެވެ. މިއީ ތޯތޯ އެއްނޫނެވެ. އަދި އަމުދުން ޒައީމް މައުމޫނާ ވާދަކުރެވޭނެ ފެންވަރެއް އަމުދުންނެތްމެއެވެ.

 

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com