16th August 2008

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މަހައްމަދު ނަޝީދު އަންނިއަށް ރަނިންމޭޓެއް ނުލިބިގެން ސަލާމަށް އަތްދިއްކޮށްފި!

އިބްރާހީމް ޙަސަން

 

 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ދަޢުވާކުރާ މުހައްމަދު ނަޝީދު (އަންނި) އަށް އަދިވެސް މިއުޅެނީ ރަނިންމޭޓަކަށް ލާނެ މީހަކު އެމީހުންގެ ތެރެއިން ނުލިބިގެންނެވެ. އެންމެފުރަތަމަ އަންނިގެ ރަނިންމޭޓަކަށް އިއުލާންކުރީ އަންނިގެ ފަހަރިއެއްކަމުގައިވާ ކުޑަ ސިއްކަގެ އިނދެގެން އުޅޭ ޑރ. އައިމިނަތު ޖަމީލެވެ. ނަމަވެސް އައިމިނަތު ޖަމީލު ރަނިންމޭޓަކަށް ލައިފިނަމަ ރައްޔިތުންގެ ތާއީދު އޭނާއަށް ނެތްކަން ވިސްނުނީވެސް ތޯއްޗެކެވެ. ކުއްލިއަކަށް ދީނީ މަޖްލިހޭކިޔާ ނަމެއްގައި އޮންނަ މަޖިލީހަކާއި މަތިކޮށް އެކަނބުލޭގެ ކިބައިން ރަނިންމޭޓްކަން ހިބައިން ފޭރިގަތީއެވެ.

 

ވަގުތު ކުޑަތަންވަމުން ގޮސް އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ ހެދިފައި ކެމްޕެއިން ލޯންޗްކުރީ އަންނި އެކަނިމާއެކަންޏެވެ. މިމައްސަލައިގައި އަންނި އެހެންމީހުންގެ ބޯކާލުމުގެ ނިޔަތުގައި ބުނަމުންދަނީ ވަގުތު އަދި ނުޖެހެނީއެވެ. ވަގުތު ޖެހުމުން ކަމަށް ޤާބިލް މީހަކު ރަނިންމޭޓަކަށް ދައްކާނެކަމަށެވެ. އެގޮތުން ރަނިންމޭޓްކަން ކޮށްލަދޭތޯ އާދޭސްނުކުރާ މީހަކުނެތެވެ. އަދާލަތު ޕާޓީގެ ފައިބުޑަށްވެސް ވެއްޓިގެންފިއެވެ. އެހެންނަމަވެސް އަދާލަތު ޕާޓީން އަންނިގެ މިއާދޭސްތަކަށްދިނީ ބީރުކަންތަކެވެ. ސަބަބަކީ އަދާލަތު ޕާޓީއަކީ އަންނިމެންގެ ގޮތާއިފޮތް ރަނގަޅަށް އެނގޭ ބަޔަކަށްވާކަމެވެ.

 

ރަނިންމޭޓެއްގެ މައަސަލައިގައި އަންނިއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު މިހާރު ވާހަކަ ދައްކަމުންދަނީ ހ. ޝަފީގުގޭ މުޙައްމަދު ޝަފީގާއެވެ. ނަމަވެސް ޝަފީގަށް އައި މާވަރުގަދަ ޕްރެޝަރެއްގެ ސަބަބުން ގައުމީ މަޖިލީހަށްވެސް އޭނާވަނީ ފިލާފައެވެ. ސޯސްތައް ބުނާގޮތުގައި އަންނިގެ ރަނިންމޭޓަކަށް ޝަފީގު ފެނުމުގައި މުސްތަހީލުކަމަކަށެވެ. ކޮންމެއަކަސް މިދާވަރުންދަނީނަމަ ފަހަރެއްގައި ތާކިހާ އިސްމާއީލްބޭ އަންނިގެ ރަނިންމޭޓަކަށް ލުމަކީވެސް ހަމަވެދާނެގޮތެކެވެ.

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com