ޑީއާރުޕީގެ ޒައީމް މައުމޫން، އެމަނިކުފާނު ރިޔާސީ ކެމްޕޭން

ރަސްމީކޮށް ފައްޓަވައިފި

 

 

ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ގެ ޒައީމް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގމޭޓް އަހުމަދު ތަސްމީނު ޢަލީ ރަސްމީކޮށް ކެމްޕޭން ފައްޓަވައިފިއެވެ. ވަރަށްވަރުގަދައަށް ރޭ އަލިމަސް ކާނިވަލްގެ ސްޓޭޖްގައި ބޭއްވި މިރަސްމިއްޔާތުގައި ޑީއާރުޕީގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ފަންނާނުންނާއި ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން ބައިވެރިވެލެއްވިއެވެ.

 

ކުލަގަދަ މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ދިހައަހަރު ތަރައްޤީގެ އެންމެ އުސް ހަރުފަތަށް ވާސިލްވާނޭ ކަމުގައެވެ. މިއިންތިޚާބަކީ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ފުރުޞަތެއްކަމަށާއި އެންމެ ހެޔޮގޮތް އިޚުތިޔާރު ކުރުމަށްލިބޭ ފުރުޞަތެއްކަމަށެވެ.

 

ރަނިންމޭޓް ތަސްމީނުގެ ވާހަކަފުޅުގައި ވިދާޅުވީ ތަޖްރިބާކާރު ބޭފުޅަކާ އެކީ މަސައްކަތް ކުރުމަށް ފުރުޞަތު ލިބުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ފަޚުރެއްކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވީ މަސައްކަތް ކުރައްވާނީ ޤައުމުގެ ފުދުންތެރިކަމުގެ ނިސްބަތަށް ބައްލަވައިގެން ކަމަށާއި ތަޖުރިބާތަކުގެ މައްޗަށް ބިނާކުރެވޭ ރައްޔިތުން ޤަބޫލުކުރާ ސިޔާސަތުތަކެއް ވިސްނަވައިގެން ކުރިއަށް ގެންދަވާނެ ކަމަށާއި އިސްކަން ދެއްވަނީ ރައްޔިތުން ޤަބޫލުކުރާ ކަންތައްތަކަށް ކަމަށެވެ.

 

މިރަސްމިއްޔާތު ކުލަގަދަ ވެފައި ރަސްމިއްޔާތުގައި ބައިވެރި ދިވެހިރައްޔިތުން ގިނަކަން ފެނި އިދިކޮޅު ފަރާތްތަކަށް އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި މިކަމާއި އަޖާއިބުވެ އަންތަރީސް ވެފައިވޭމެއެވެ.

 

ލިޔުމާއިގުޅޭ އިތުރު ފޮޓޯތައް ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ

 

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com