ތަސްދީގު ކުރެވުނު ޤާނޫނު އަސާސީއަކީ މުޒާހަރާ ޤާނޫނު އަސާސީއެކޯ...!

 

 

ކޮންމެކަމަކީ މުޒާހަރާއެއް ނޫނެވެ. ކޮންމެކޮންމެ މީހަކު މުޒާހަރާ ކުރާހިތެއްނުވާނެއެވެ. އެމްޑީޕީ ނޫނަސް ރާއްޖޭގައި ބައިވަރު ސިޔާސީ ޕާޓީތައް އެބައޮތެވެ. މިއިން އެއްވެސް ސިޔާސީ ޕާޓީއަކުން މުޒާހަރާގެ ވާހަކައެއް ނުދައްކައެވެ. ހަމައެގޮތަށް އެއިން މީހެއްގެ ދުލުކުރިންވެސް މުޒާހަރާއެއްކޮށްގެން ދިވެހި ސަރުކާރު ވައްޓާލައި ވެރިކަމަށް އައުމުގެ ޚިޔާލެއްވެސް ނުގެންގުޅެވެ.

 

އެކަމަކު އެމްޑީޕީ ވުޖޫދަށް އައިސްސުރެން މިނޫން އެއްޗެކޭ ނުކިޔައެވެ. މުޒާހަރާ މުޒާހަރާއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ތަސްދީގު ކުރެއްވި ޤާނޫނު އަސާސީއަށްވެސް އެމްޑީޕީން މިކިޔަނީ މުޒާހަރާ ޤާނޫނު އަސާސީއެވެ. އެންމެ އަވަހަށް އޮންނަ އިންތިޚާބެއްގައި ރައީސްކަމުގެ ހުވާ ކުރަނީ ތިމަންނަ ކަމަށް ބުނަމުން އަންނަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ބުއްދިއެއް ނެތްކަމާއި އޭނާގެ ނުބައިނުލަފާކަން ދެކިބަލާށެވެ. މުސްތަގުބަލުގެ ކުރިމަކަށް، އަހަރެމެންގެ ދަރިންނަށް ދަސްކޮށްދެމުން މިދަނީ ކޮންފަދަ ނުބައި ޢަމަލެއްތޯއެވެ. މިކިޔެނީ ކީކޭކަން ނޭންގޭ މޮޔަ ޖާހިލަކު ކޮންމެފަދަ މޮޔައެއްވެސް ގޮވާފާނެއެވެ.

 

އަހަރެމެން އެއެއްޗަކަށް ލޯތްބާއި އިޚުތިރާމް ކުރަމުންމިދާ ޤާނޫނު އަސާސީ ކުޅޭކުޅޭ އެއްޗަކަށް އަންނި ހަދައިފިއެވެ. އޭގައި ލިޔެފައިވާ އެއްޗަކަށް ބެލުމެއްނެތި ހިތުހުރިގޮތަކަށް އުޅެން އެހެންމީހުންނަށް ދަސްކޮށްދެން އެންމެރަނގަޅީ ނުތާހިރުކަންމަތީގައި ރޭދުވާ ގުނަމުންދުވާ އަންނިހެއްޔެވެ. ނޫނެކެވެ. މީސްތަކުންނޭވޭ. އޭނާއަކީ ބޮޑުމޮޔައެކެވެ. އޭނާ ދައްކާ ވާހަކަތަކަށް ތަބާވެގެން ނޫޅުމަށް ދިވެހިރައްޔިތުންނަށް ގޮވާލަމެވެ. އޭނާއަކީ އައްޑޫއާއި މާލެއާއި ދެމެދު ބްރިޖްއަޅައިދޭނަމޭ ކިޔައިގެން ދިވެހިން ގަޅިހައްދަމުން ގެންދާ ބާޤީއާއިލާއަކުން އުފަންވެފައިހުރި މުރަނގަ ގަސްދޮށު މާލިމީއެކެވެ. ސަލާމަތްކަމާއި ރައްކާތެރިކަން ހޯދަންޖެހިފައިވާ ބުއްދިހަމަނުޖެހޭ މީހެކެވެ.

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com