ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް، ރައީސުލްޖުމްހޫރިއްޔާ މިއަދުން ފެށިގެން އުވާލައްވައިފި

 

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމަށް، 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 19ވި ހޯމަދުވަހު ރައީސުލްޖުމްހޫރިއްޔާ އެއްކުރެއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އާ ޤާނޫނުއަސާސީއެއް ފާސްކުރެއްވުމުގެ މަސައްކަތް ނިންމަވައި، އެ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް ރައީސުލްޖުމްހޫރިއްޔާ މިއަދުން ފެށިގެން އުވާލައްވައިފިއެވެ.
 

ރައްޔިތުންގެ ޚާއްޞަ މަޖިލިސް، ރައީސުލްޖުމްހޫރިއްޔާ އުވާލައްވައި، އެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމަށް މިއަދު ފޮނުއްވި ސިޓީފުޅުގައި، ޤާނޫނުއަސާސީގެ 94 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެއްކުރެއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، 2008 ވަނަ އަހަރުގެ ޖޫންމަހުގެ 26ވި ބުރާސްފަތި ދުވަހު އާ ޤާނޫނުއަސާސީއެއް ފާސްކުރެއްވުމުގެ މަސައްކަތް ނިންމަވާފައިވާތީ، އަލްފާޟިލް ޤާސިމް އިބްރާހީމަށާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ޝުކުރާއި މުބާރަކްބާދީ އަދާކުރައްވާފައިވެއެވެ.

 

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com