އައު ޤާނޫނުއަސާސީ ރައީސް މައުމޫން ތަސްދީޤު ކުރައްވައިފި

 

 

2008 ޖޫން 26 ގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރި އާ ގާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް މިއަދު ތަސްދީގު ކުރައްވައިފިއެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ދަރުބާރެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު 10:33 ގައި އާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމުގެ ގަރާރުގައި ސޮއި ކުރެއްވުމާއެކު ހަތް ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު އެމް.އެން.ޑީ.އެފްގެ ބޭންޑުގައި ގައުމީ ސަލާމް ކުޅުނެވެ.

 

ގައުމީ ސަލާމަށްފަހު ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއް ޤަރާރު އިއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅު މެމްބަރު އަދި ރައީސް އޮފީހުގެ މިނިސްޓަރ އަނީސާ އަހުމަދެވެ. މިމުނާސަބަތާ ގުޅިގެން ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމް ޚާއްޞަ ދުޢާއެއް ކުރެއްވިއެވެ.

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com