![]() | |||
|
އެފް.އޭ.އެމް ގޮވައިގެން ދޮންބިލެތް އަހުމަދާއި ހާމިދު ޢަބްދުލްޤަފޫރު ކޯޓަށްވަންނަނީ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގޮވައިގެން އެމްޑީޕީގެ އަމީން އާންމު ޙާމިދު އަބްދުލްޤަފޫރު ކޯޓަށް ވަންނަން ނިންމައިފިއެވެ. ރާއްޖޭގެ މީޑިޔާއިންވެސް މިޚަބަރުވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވަނީ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ ޓީމެއްކަމަށްވާ މާލޭ ފުޓްބޯޅަ ކުލަބްގެ ނަމުގައެވެ.
މާލޭ ފުޓްބޯޅަ ކުލަބަކީ ހާމިދު އަބްދުލްޤަފޫރާއި ގުޅުންހުރި ޓީމެކެވެ. އެފް.އޭ.އެމް ގޮވައިގެން ކޯޓަށްދިޔަކަން ކްލަބުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޝަމީމް ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިކަމުގެ ތަފްސީލް މީޑިޔާއަށް އޭނާ ހާމަކޮށްފައެއްނުވެއެވެ.
މާލޭ ފުޓްބޯޅަ ކުލަބަކީ ޙާމިދު އަބްދުލްޤަފޫރު އަޑީގައި ހުރެގެން އެފްއޭއެމާ ދެކޮޅަށް އަބަދުވެސް ފަޑުކިޔަމުން އަންނަ ޖަމާޢަތަކެވެ. އަދި މިދިޔަ މިދިޔަ މަހުގެ ތެރޭގައި ބޭއްވި އެފް.އޭ.އެމްގެ ފުރަތަމަ އިންތިޚާބާމެދުވެސް އެކުލަބުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ދޮންބިލެތް އަހުމަދާއި ހާމިދު ޢަބްދުލްޤަފޫރު އެދުވަހު ބޯޑުތައް ހިފައިގެން އުޅޭތަން ފެނުމުން ފީފާގެ ވެރިންނާ ކުޅިވަރަށް ލޯބިކުރާ ގިނަބަޔަކު މިކަމަށް މަލާމާތްކޮށް އެއީ މޮޔައިންކަމަށް ސިފަކޮށްފައިވެއެވެ.
އެފް.އޭ.އެމް ދެކެ ހާމިދު ރުޅިއަންނަނީ ތަން ނުބެލި ދޯދިޔާވަމުންދާތީ އެތަނުން އޭނާ ބޭރުކުރުމާގުޅިގެންނެވެ. އެފް.އޭ.އެމް ގޮވައިގެން ދޮންބިލެތް އަހުމަދާއި ހާމިދު އަބްދުލްޤަފޫރަށް ކޯޓަށް ވަދެވިދާނެއެވެ. އެކަމަކު ފަޟީޙަތްވާނީ އޭގޭ ދެމީހުންނެވެ. މީގެ ދެމީހުންނަކީ ރާއްޖެ ހަލާކުރި އެމްޑީޕީގެ ވަތުބަތާނައަށް ފުންމާލައިގެން ހިހޫތަނުން ކާލައިގެން އުޅެމުން އަންނަ ދެމީހުންނެވެ.
|
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||