![]() | |||
|
ކޮންޒަވޭޓިވް ޕާޓީގެ މެންބަރުންމާއެކު އަންނި އާއި ޒަކީ ގޮތްނޭންގޭ އެއްޗެއް ހިތްޕަވައިފި
އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ މެންބަރުންތަކެއް މިދޭތެރެއިން މާލެއައިސް އެމްޑީޕީގެ ހަރުގޭގައި ތަގުރީރުކުރުމަށްފަހު އެވެރިން އެނބުރި ރިސޯޓަށް ދިޔައިރު އަންނި އާއި ޒަކީ އެވެރިންގެ ފަހަތު އަޅުވާލައިގެން އެވެރިން ތިބޭ ރިޒޯޓަށް ގޮސް އެވެރިންނާއެކު ބަނޑުފުރާ ކޮންމެވެސް އެއްޗެއް ބޮއިފިކަމުގައި މިމަންޒަރު ލޮލުން ދެކުނު ކުއްޖަކު ބުނެފިއެވެ. އެކުއްޖާ ބުނާގޮތުގައި މިއެއްޗެއް ބޮއި ނިމުނުއިރު އޭގެ ދެމީހުންތިބީ އާސްމާނަށް އަރާފައެވެ.
މިޚަބަރާއި ގުޅިގެން އަންނި އާއި ޒަކީއާއިދެމީހުން ހިތްޕެވީ ކޮންކަހަލަ އެއްޗެއްތޯ ސުވާލުކޮށްލުމުން އެކުއްޖާ ބުނީ ރިޒޯޓަކަށް އައިސް މިބާތުގެ ކަންކަމުގައި ބޫތުކައިފައި ތިބިބަޔަކު ބަނޑުން ލޯއަޑުކިޔާވަރަށް ކަޅުސައި ނުބޯނެކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް މިކަމާއިބެހޭގޮތުން ދައްކަން ބޭނުންނުވާކަމަށް އެކުއްޖާ ވަނީ ބުނެފައެވެ.
ރާއްޖޭގެ ކުދިބޮޑު އެންމެންވެސް ޤަބޫލުކުރާ ގޮތުގައި އަދި ފެނިފައިހުރި ކަންކަމަށް ބަލާއިރު އަންނި އަދި ޒަކީއަކީ ކަރުދިގު ފުޅިއަށް ޝަޢުގުވެރިވާ ބައެކެވެ. ބުނެވޭ ގޮތުގައި ޒަކީ ސަރުކާރުން ބޭރުކޮށްލެއްވީވެސް އެބާވަތުގެ ކަމެއްގައި ސަރުކާރު ބަދުނާމުވަމުންދާތީ އޮބިނޯވެގެންނެވެ. އަންނިއަކީ އޭނާގެ ބައްޕަ ކެނެރީގެ އަބްދުއްސައްތާރު ގެ ރިޒޯޓްތަކަށް ބަހާރު މޫސުން އައިސްގެން އުޅުނު ދުވަސްވަރު ބާތަކުން ގިނައިން ފެންނަ މީހެކެވެ. އަދި އޭނާ ބާތަކުގެ މޭޒުމައްޗަށް ދެމިފައިވާތަން އޭރު ރިޒޯޓްތަކުގައި އުޅުނު ގިނަބަޔަކަށް ވަނީފެނިފައެވެ.
|
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||