![]() | |||
|
ޤާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ފުލުހުންގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިއްޔެ ތަސްދީޤު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފިއެވެ. މިކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް އަބްދުﷲ ކަމާލުއްދީން އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލާ އަނީސާ އަޙުމަދު އާއި ލީގަލް ރީފޯރމް މިނިސްޓަރ އަލްއުސްތާޛު މުހަންމަދު ނަޝީދުއާއި ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ބިލް މިއަދު ތަސްދީޤު
ކުރެއްވުމަށްފަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލް
ޤައްޔޫމް 3 ލިޔުމެއްގައި ސޮއިކުރެއްވިއެވެ. އެ 3 ލިޔުމަކީ އިއްޔެ06
ތަސްދީޤު ކުރެއްވި ފުލުހުންގެ ޤާނޫނުގައިވާ ގޮތުގެ މަތިން¡ މޯލްޑިވްސް
ޕޮލިސް ސަރވިސްއަކީ¡ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ
މުއައްސަސާއެއް ކަމުގައި ހަމަޖެއްސެވިކަމުގެ ލިޔުމާއި ކޮމިޝަނަރ އޮފް
ޕޮލިސް ކަމަށް އާދަމް ޒާހިރު ޢައްޔަން ކުރައްވައި¡ އެކަމުގެ ލިޔުމާއި
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢަބްދުއްޝަކޫރު ޢަބްދުﷲ
ޢައްޔަން ކުރެއްވި ކަމުގެ ލިޔުމެވެ. |
|||
| Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com | |||