ޑީއާރުޕީގެ ޒަޢީމުގެ ރިޔާސީ ރަނިންގމޭޓަކަށް ޕާޓީގެ އެއްނާއިބް ޒަޢީމް ކަމުގައިވާ އަލްފާޟިލް އަޙުމަދު ތަސްމީން ޢަލީ އިންތިޚާބް ކޮށްފި

 

 

ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވާ ޕާޓީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ރަނިންގމޭޓަކަށް ޕާޓީގެ އެއްނާއިބް ޒަޢީމް ކަމުގައިވާ އަލްފާޟިލް އަޙުމަދު ތަސްމީން ޢަލީ ޕާޓީގެ ކައުންސިލްގެ ވަރަށް މަތީ އަޢުލަބިއްޔަތަކުން އިންތިޚާބް ކުރައްވައިފިއެވެ.

އެމަނިކުފާނު މިމަޤާމަށް އިންތިޚާބް ކުރެވުނީ ދަރުބާރުގޭ ހަކުރާ މާލަމުގައި ރޭ ( 5 އޮގަސްޓް 2008 ދުވަހުގެރޭ ) ބޭއްވި ޕާޓީގެ ކައުންސިލުގެ 40 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޕާޓީގެ ކައުންސިލުގެ 24 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ވަރަށް ތަނަވަސް އަޢުލަބިއްޔަތަކުން ނެވެ.

 

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com