އަންނި މަސައްކަތް ކުރަނީ ގައުމާ ރައްޔިތުންގެ ފައިދާއަކަށްނޫން: ޙަސަން ސަޢީދު

 

 

 

އަމިއްލަށް ފޭލްވެގެން ސަރުކާރުދޫކޮށްލި ޑރ. ހަސަން ސަޢީދު ރޭޑީއޯ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބުނިގޮތުގައި އެމްޑީޕީގެ ހުވަފެނީ ރައީސް ކެނެރީގޭ އަންނި މަސައްކަތް ކުރަނީ ގައުމަށާއި ދިވެހިރައްޔިތުންގެ ފައިދާއަކަށްނޫނެވެ. އަދި އޭނާ ނިސްބަތްވާ އެމްޑީޕީއަށްވެސް ރަނގަޅަކަށް ނޫނެވެ. އަދި އޭނާ (އަންނި) ގެ ސިޔާސީ ބުނުންތައް ބައްޓަންކޮށްފައި ހުންނަނީ ސިޔާސީ އެޖެންޑާ ވިއްކުމުގެ ބަދަލުގައި ސިޔާސީ މީހުންނަށް ވަރަށްބޮޑަށް އެއްޗެހި ގޮވާ ފަދަ ގޮތަށް ކަމަށާއި އެފަދަ ބުނުންތައް ބޭނުންކުރަނީވެސް ރާއްޖޭގެ ސިޔާސީ އިސްފަރާތްތައް ބަދުނާމުވާ ފަދަ ގޮތަށްކަމަށެވެ.

 

އަންނަ ރިޔާސީ އިންތިޚާބުގައި އަންނިގެ ރަނިންގ މޭޓަކަށް ވުމަށް ޙަސަންސަޢީދަށް ހުށަހަޅާފައިވާކަން ޔަޤީންކޮށްދެމުން ހަސަން ބުނީ، ވަކި ކެނޑިޑޭޓެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް ބޭނުންވަނީ ރައްޔިތުންނާއި ޤައުމަށް ކުރި އެރުން (މިއީ ކޮންކަހަލަ ކުރިއެރުމެއްކަމެއް ނޭންގެ) ހޯދައިދިނުންކަމަށެވެ.

 

އަންނި އާއި ހަސަން ސަޢީދުގެ ކޯޅުންގަނޑު ފެށުނީ ވަރަށްފަހުން އެމް.ޑީ.ޕީ.ގެ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ނުގުޅޭ މައުލޫ ނަގައިގެން ހަސަނަށް ފާޑުކިފާއިވަނިކޮށެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި  ހަސަނު  ވާދަކުރައްވާނެކަން އިއުލާންކޮށްފައިވީ ނަމަވެސް އަދިމިވީހާތަނަށް އޭނާ ސިޔާސީ އެއްވެސް ޕާޓީއަކާއި ނުގުޅެއެވެ.

 

 

 
Copyright © 2007 www.dhaala.com / contact us: admin.dhaala@gmail.com