![]() | |||
|
އަންނިގެ ރަނިންގމޭޓަކަށް ދުވަހަކުވެސް ނުވާނެކަމަށް ރީކޯ މޫސަ ބުނެފި
އެއްއިރެއްގައި އެމްޑީޕީ ތެރޭގައި އަނގައަރުވާފައި އުޅުނު ރީކޯ މޫސަގެ އަޑެއްބަޑެއް ނީވޭ ދުވަސްތަކެއް ފާއިތުވެދިޔުމަށްފަހު، އޭނާގެ ރަސްމީ ބޮލިރަވަ މިހާރު ތަޅުވަންފައްޓައިފިއެވެ. އެހެނަސް މިފަހަރު މުޅިން އެހެންގޮތަކަށެވެ. މުޅިން ތަފާތު ޓޭސްޓެއްގައެވެ. މީގެ ކުރިން އޭނާ ބޮލިރަވަ ތަޅުވާތަން ފެނިފައިވަނީ ސަރުކާރާދެކޮޅަށެވެ. ނަމަވެސް އެމްޑީޕީން ބޭއްވި ހިލާލެވިފައިވާ ޕްރައިމަރީގައި ރައީސްކަމަށް ކުރިމަތިލާން އުޅެ ޗޮކުންދިއުމާއެކު ކިޔަމުންދިޔަ ލަވައިގެ ރާގު މިހާރުވަނީ ބަދަލުކޮށްފައެވެ. މުނައްވަރެކޭ އެއްގޮތަށް ޕާޓީގެ ކަމެއްގައި އުޅޭތީއެއްނުފެނެއެވެ. ޕާޓީގެ އޮފީހަށް ވަދެނުލާތާނގައި ޕާޓީގެ މީހަކާ އަނގައިން ބުނާތީވެސް ނުފެނެއެވެ.
ރީކޯ މޫސާމަނިކުގެ މިހާރުގެ ކަމަކީ ކުރިން އެވަރެއްނެތިގެން އުޅުނު އަންނިގެ މަސްކެއުން ނޫންދެވަނަކަމެއް ނޫނެވެ. އަންނިއަކީ ޖާހިލެއްކަމާއި ވޯޓްގައި މަކަރުހަދާ މީހެއްކަމަށްވެސް ގޮވަނީއެވެ. ރާއްޖެއަށް އިސްލާހުގެންނަ ނަމުގައި ހާވަންއުޅޭ ހަޑީގެ ވާހަކަވެސް ދައްކަނީއެވެ. އެހެންކަމުން މިވަރުގެ މީހެއްގެ ރަނިންމޭޓަކަށް ދުވަހެއްގެ ކޮޅުންވެސް ނުވާނެކަމަށް މީސްމީހުންނަށް ފޯނުކޮށްގެންނާ އެހެނިހެން ތަންތާންގައިވެސް ކިޔަނީއެވެ.
އެއްވެސް ޝަކެއްނެތް ގޮތުގައި ކުރުގޮތަކަށް ބުނަނީނަމަ އަންނިއަކީ ވަރަށްވެސް މުޑުދާރު މީހެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ނަޒަރު ހިންގާލިޔަސް ކަންއޮތީ އެގޮތަށެވެ. ހަމައެގޮތަށް ސިޔާސީ ފިކުރުން ވިސްނާލިޔަސް ދޭންއޮތީ އެއްޖަވާބެކެވެ. އަންނިގެ ހުރިހާކަމެއްވެސް އޮތީ މިގޮތަށްކަމާމެދު ދެބަސްވާނެ ފަރާތެއް ހުންނާނެއެކޭ ނުބުނާނަމެވެ.
ރީކޯ މޫސައަށްވާ ސާބަހެވެ. އެއްކޮށްއުޅުނު ދުވަސްތަކުން ފައިދާ ނަގައިގެން ދިވެހިޤައުމަށް ތިޔަވެވެނީ ކޮންފަދަ ގުރުބާނީއެއް ހެއްޔެވެ. މަންޑޭލާގެ ކަމަށް ބަޔަކު ދަޢުވާކުރަމުންދާ ކެނެރީގެ އަންނި ފަޟީޙަތް ކުރާށެވެ. އޭނާއާއި ބެހޭގޮތުން ރައްޔިތުންނަށް ނޭންގޭ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނުވާށެވެ. އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ އަންނިގެ ސަބަބުންނެވެ. އެސަބަބާއިހުރެ ތިޔަހުރީ ދެކެމުން އައި ހުވަފެން ބިލާހަކަށްހަދާ ރާއްޖޭގެ ވެރިކަން ނުލިބޭވަރަށް ފެއަށް ޖައްސާފައެވެ. އަނގަ ގަދަ މިތުރުހެދިގެން އުޅުމުގެ ނަތީޖާ ހަޖަމްނުކުރެވިގެން އުޅޭތަން އަހަރެމެން ބަލާނޫއެވެ.
|
|||
| Copyright © 2007 www.dhaala.com / contact us: admin.dhaala@gmail.com | |||