header
ގުޅޭ ލިޔުންތައް
 އިސްލާމީ ތަރުބިޔަތަށް ޢިލްމީ ނަޒަރެއް (1)
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011
shar

އިސްލާމީ ތަރުބިޔަތުގެ ތަޢުރީފު


'އިސްލާމީ ތަރުބިޔަތު' މިލަފްޒަކީ، އިސްވެދިޔަ އައްސަލަފުއްޞާލިހުންގެ ފޮތްތަކުން ފެންނަންއޮތް އަދި އަޅުގަނޑުމެންގެ ބޮޑެތި ޢިލްމީ ތުރާޘީ ފޮތްތަކުންވެސް ފެންނަންއޮތް ލަފުޒެއް ނޫނެވެ. [1]  އެހެންނަމަވެސް، މިލަފްޒުން މުރާދުވެވިގެންވާ ކަންތަކަށް އެފޮތްތަކުގައި އިޝާރާތްކުރެވިފައިވެއެވެ.


ކުރީގެ ޢިލްމުވެރިންގެ ފޮތްތަކުގައި 'އައްތަރުބިޔާ' ގެ މާނައަށް ދަލާލަތުކޮށްދިނުމަށްޓަކައި ބޭނުންކުރެވުނު ލަފްޒުތަކާއި އިޞްޠިލާޙުތަކަކީ:


1)  التَّنْشِئَة: މިއިން މުރާދުވެވެނީ، ކުޑައިރުއްސުރެ އިންސާނާއަށް ތަރުބިޔަތުދިނުމަށާއި ރިޢާޔަތްކުރުމަށެވެ. މިސަބަބަށްޓަކައި ބުނެވެއެވެ. "މިވެނި މީހަކު އުފަންވެއްޖެއެވެ. އަދި ފުރާފުރިހަމަވެއްޖެއެވެ."
މިމުޞްޠަލަޙު ބޭނުންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، ޢަބްދުއްރަޙްމާނު ބިން ޚަލްދޫން [2]  ހިމެނިވަޑައިގަންނަވައެވެ. [3]


2)  الإِصْلاحُ: މިއީ، އެންމެ މާތްގޮތަށް ބަދަލުކޮށްލުމެވެ. އަދި މިއީ، ފަސާދައިގެ އިދިކޮޅެވެ. އަދި މިއިން މުރާދުވެވެނީ، ކަމަކަށް ސަމާލުވުމަށާއި އެކަން ކުރުމަށާއި އަދި އޭގެ ނުބައިގޮތް އިޞްލާޙުކުރުމަށެވެ. [4]  ޑރ. ޚާލިދު ބިން ޙާމިދު އަލްޙާޒަމީ ވިދާޅުވެފައިވަނީ، އިޞްލާޙުގައި ޢަދުލުވެރިކުރުމާއި ރިވެތިކުރުން ވާންޖެހޭނެކަމުގައެވެ. އެހެންނަމަވެސް، އެއިން، ކުރިއެރުމާއި އިތުރުވުން ޙާޞިލުވުން ލާޒިމު ނުކުރާކަމުގައެވެ. އެހެންކަމުން، ތަރުބިޔާގައި ހިމެނިގެންވާ ކަންތައްތަކުން ބައެއް އެއިން ލިއްބައިދޭ ކަމުގައެވެ. [5]


3)  التَّأدِيْبُ އާއި الأَدَبُ: މިއިން މުރާދުވެވެނީ، ޞިފަތަކާއި އުޅުމާއި އަދި އަޚްލާޤުގެ ތެރެއިން ރަނގަޅުކަންތައްތައް ކުރުމަށެވެ. އަދި ހުތުރުކަންތައްތަކުން ދުރުހެލިވުމަށެވެ. [6]  އަދި التأديب ގެ ތެރޭގައި، އިޞްލާޙުކުރުމާއި ކުރިއެރުން ހިމެނިގެންވެއެވެ. [7]
މިމުޞްޠަލަޙު ބޭނުންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، އަލްމާވަރުދީއާއި [8]  މުޙައްމަދު ބިން ސަޙްނޫން އައްތަނޫޚީ [9]  އަދި އަލްޚަޠީބު އަލްބަޣްދާދީ [10] ހިމެނިވަޑައިގަންނަވައެވެ. [11]
4)   التَّهْذِيْبُ: މިއިން މުރާދުވެވެނީ، އިންސާނާގެ ނަފްސު ތަހްޛީބުކުރުމަށާއި ޠާހިރުކުރުމަށެވެ.
މިމުޞްޠަލަޙު ބޭނުންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، ابن مسكويه [12]  އާއި الجاحظ [13]  ހިމެނިވަޑައިގަންނަވައެވެ. [14]


5)  التَّطْهِيْرُ: މިއިން މިތާނގައި މުރާދުވެވެނީ، ހަޑިހުތުރު ކޮންމެ ޢަމަލަކުންނާއި ބަހަކުން، އިންސާނާގެ ސުލޫކު ޠާހިރުކުރުމަށެވެ. [15]


6) التَّزْكِيَة: މިމުޞްޠަލަޙު، التَّطْهِيْرُ ގެ މާނައިގައި އާދެއެވެ. [16]


7) التَّعْلِيْمُ: [17]  އެބަހީ، ޢިލްމު އުނގަންނައިދިނުމެވެ.


8) السِّيَاسَةُ: މިއިން މުރާދުވެވެނީ، ވެރިކަމަށެވެ. އަދި ޙަޔާތުގެ ތަފާތު ކަންތައްތައް ތަދުބީރުކުރުމުގެ ރިވެތިކަމެވެ.
މިމުޞްޠަލަޙު ބޭނުންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، ابن الجزار القيرواني [18]  އާއި އިބްނު ސީނާ [19] ހިމެނިވަޑައިގަންނަވައެވެ. [20]


9)  النَّصحُ އާއި الإِرْشَادُ: މިމުޞްޠަލަޙު ބޭނުންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، އިބްނު އަލްޖައުޒީ [21]  އާއި އަބޫ ޙާމިދު އަލްޣަޒާލީ [22]  އަދި އަލްޙާރިޘު އަލްމަޙާސަބީ [23]  ހިމެނިވަޑައިގަންނަވައެވެ. [24]


10) الأَخْلاقُ: މިއިން މުރާދުވެވެނީ، އަޚްލާޤު އިޞްލާޙުކުރުމަށާއި ސުލޫކުގެ ތެރެއިން ނުރަނގަޅު ކަންތައްތައް ރަނގަޅުކުރުމަށެވެ.
މިމުޞްޠަލަޙު ބޭނުންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، އަބޫބަކުރު އަލްއާޖުރީ [25]  ހިމެނިވަޑައިގަންނަވައެވެ. [26]
ޕްރޮފެސަރ ޑރ. ޞާލިޙު ބިން ޢަލީ ވިދާޅުވެފައިވެއެވެ. "އެހެންވީމާ، އަޅުގަނޑުމެންނަށް މިފަދައިން ބުނެވިދާނެއެވެ. ތަރުބިޔަތުގެ މާނަ (އެއެއްޗެއްގެ ވަށައިގެން) އެނބުރެނީ އަދި (އެކަމަކަށް) ސަމާލުކަންދެނީ [27] ، އިންސާނާގެ ޙަޔާތުގެ ތަފާތު މަރުޙަލާތަކުގައި އޭނާގެ ޝަޚްޞިއްޔަތުގެ ތަފާތު ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމުގައެވެ." [28]
އަދި ހަމައެހެންމެ، ޑރ. ޚާލިދު ބިން ޙާމިދު އަލްޙާޒަމީވެސް ވިދާޅުވެފައިވަނީ، މަތީގައިވާ ލުޣަވީ [29]  ތަޢުރީފުތަކުން ވާޟިޙުވެގެންދަނީ [30] ، ތަރުބިޔަތު އެނބުރެނީ، އިޞްލާޙާއި ތަރުބިޔަތުކުރާމީހާ އަމުރުކުރާ ކަންތަކުގެ މަތީގައި ޤާއިމުވެހުރުންފަދަ ކަންތައްތަކުގެ ވަށައިގެންކަމުގައެވެ. [31]
އެހެންވީމާ، އިސްވެދިޔަ ފޮޅުވަތްތަކުގައި މިބަޔާންކޮށްލެވުނީ، ކުރީގެ ޢިލްމުވެރިން 'އައްތަރުބިޔަތު' ގެ މާނައިގައި ބޭނުންކުރައްވާފައިވާ ބައެއް ލަފްޒުތަކެވެ. ދެން، މިހާހިސާބުން އަޅުގަނޑުމެން ނަޒަރުހިންގައިލާނީ، ތަރުބިޔަތުގެ ލުޣަވީ މާނައަށާއި އިޞްޠިލާޙީ މާނައަށެވެ.
(ނުނިމޭ)


[1]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 2-3 بتصرف
[2]  އަވަހާރަވީ ހިޖުރައިން 808 ވަނަ އަހަރުގައި.
[3]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 5
[4]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 5-6 بتصرف
[5]  انظر: أصول التربية الإسلامية للدكتور خالد بن حامد الحازمي، ص 23
[6]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 6
[7]  انظر: أصول التربية الإسلامية للدكتور خالد بن حامد الحازمي، ص 23
[8]  އަވަހާރަވީ ހިޖުރައިން 450 ވަނަ އަހަރުގައި.
[9]  އަވަހާރަވީ ހިޖުރައިން 256 ވަނަ އަހަރުގައި.
[10]  އަވަހާރަވީ ހިޖުރައިން 463 ވަނަ އަހަރުގައި.
[11]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 10
[12]  އަވަހާރަވީ ހިޖުރައިން 421 ވަނަ އަހަރުގައި.
[13]  އަވަހާރަވީ ހިޖުރައިން 255 ވަނަ އަހަރުގައި.
[14]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 11
[15]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 12
[16]  انظر: أصول التربية الإسلامية للدكتور خالد بن حامد الحازمي، ص 24؛ التربية الإسلامية: المصطلح والمفهوم
 للأستاذ الدكتور صالح بن علي أبو عرَّاد، ص 12
[17]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 15
[18]  އަވަހާރަވީ ހިޖުރައިން 369 ވަނަ އަހަރުގައި.
[19]  އަވަހާރަވީ ހިޖުރައިން 428 ވަނަ އަހަރުގައި.
[20]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 17
[21]  އަވަހާރަވީ ހިޖުރައިން 597 ވަނަ އަހަރުގައި.
[22]  އަވަހާރަވީ ހިޖުރައިން 505 ވަނަ އަހަރުގައި.
[23]  އަވަހާރަވީ ހިޖުރައިން 243 ވަނަ އަހަރުގައި.
[24]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 18
[25]  އަވަހާރަވީ ހިޖުރައިން 360 ވަނަ އަހަރުގައި.
[26]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 18-19 بتصرف
[27]  އެބަހީ: ތަރުކީޒުކުރުން ނުވަތަ concentration
[28]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 20 بتصرف
[29]  އެބަހީ: ޢަރަބިބަހުގެ
[30]  އެބަހީ: ބަޔާންވުން، ސާފުކޮށް ހާމަވެ އެނގުން
[31]  انظر: أصول التربية الإسلامية للدكتور خالد بن حامد الحازمي، ص 24

 
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.