header
ގުޅޭ ލިޔުންތައް

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...    عمرو بن شعيب عن أبيه عن جده (1)

އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫޫ
02 11 2011

ސަނަދުގައި ހިމެނޭ ރާވީން
މިސަނަދަކީ ތިން ފަރާތެއްގެ މައްޗަށް އެކުލެވިގެންވާ ސަނަދެކެވެ.
 އެއީ عمرو بن شعيبއާއި أبيه (އެބަހީ: އޭނާގެ ބައްޕަ) އަދި جده (އެބަހީ: އޭނާގެ ކާފަ) އެވެ.

عمرو بن شعيب :
މިރާވީގެ ފުރިހަމަ ނަމަކީ عمرو بن شعيب بن محمد بن عبد الله بن عمرو بن العاص بن وائل
 بن هاشم بن سعيد بن سعد ين سهم بنعمرو بن هصيص بن كعب بن لؤي
 بن غالب القرشي السهمي الحجازي އެވެ. މީނާގެ كنية އަކަށް أبو إبراهيم އަދި
 أبو عبد الله އޭވެސް ކިޔެއެވެ.އަދި މީނާއަށް الطائفي އޭވެސް ކިޔެއެވެ. [1]


މިރާވީގެ ތަޢްރީފުގައި އަލްއިމާމުއްޛަހަބީ ވިދާޅުވެފައިވަނީ: "الإمام المحدث أبو إبراهيم އަދި أبو عبد الله އަކީ ޠާއިފުގެ އަހުލުވެރިންގެ فقيهއެވެ. އަދި އެބައިމީހުންގެ محدث ވެސް މެއެވެ. އަދި އެކަލޭގެފާނު ވަރަށް ގިނައިން މައްކާއަށް ގޮސްއުޅޭކަމުގައިވިއެވެ. އަދި ޢިލްމު ފަތުރުއްވައި އުޅުއްވިއެވެ." [2]  މީނާގެ މަންމައަކީ حبيبة بنت مرة الجمحية އެވެ. [3]


މިރާވީ ރިވާޔަތް ގެނެސްފައިވާ ރާވީންގެ ތެރޭގައި: މީނާގެ ބައްޕައާއި، سعيد بن المسيب، طاووس،
 سليمان بن يسار، عمرو بن الشريد بن سويد،عروة بن الزبير، مجاهد، عطاء، سعيد المقبري،
 الربيع بنت معوذ، زينب بنت أبي سلمة، لهما صحبة، زينب السهمية، عاصم بنسفيان އަދި
 الزهريހިމެނެއެވެ. އަދި މިނޫނަސް ޖަމާޢަތެއްގެ ފަރާތުން ރިވާޔަތް ގެނެސްފައިވެއެވެ. [4]


މިރާވީގެ ފަރާތުން ރިވާޔަތް ގެނެސްފައިވާ ރާވީންގެ ތެރޭގައި: الزهري، قتادة، عطاء بن أبي رباح، 
عمرو بن دينار، مكحول، مطر الوراق، وهب بنمنبه، حسان بن عطية، أيوب السختياني،
 ابن طاووس، عاصم الأحول، عطاء الخراساني، يحيى بن سعيد الأنصاري، يحيى بن أبي كثير،
 يزيد بن أبيحبيب، يزيد بن عبد الله بن الهاد، هشام بن عروة، عبد العزيز بن رفيع، 
عبد الكريم الجزري، ثابت البناني، بكير بن الأشج، موسى بن أبيعائشة، داود بن أبي هند،
 حسين المعلم، حبيب المعلم أسامة بن زيد الليثي، سليمان بن موسى، عامر الأحول، ابن عون،
 عبيد الله بن عمر،العلان بن الحارث، الضحاك بن حمزة، عبد الله بن عبد الرحمن بن يعلى الطائفي، 
عبد الرحمن بن حرملة، عبد الله بن عامر الأسلمي، ثور بنيزيد، داود بن شابور، داود بن قيس الفراء،
 رجاء بن أبي سلمة، ابن إسحاق، الأوزاعي، حجاج بن أرطاة، عمرو بن الحارث، ابن عجلان،
 المثنىبن الصباح، ابن لهيعة، هشام بن سعد، هشام بن الغاز އަދި މީގެ އިތުރަށް އެހެން ބޭފުޅުންވެސް ހިމެނެއެވެ. [5]


އައްޝައިޚް އަޙްމަދު ޝާކިރު ވިދާޅުވެފައިވަނީ މީނާއަކީ އިތުބާރުހުރި ރާވީއެއްކަމާމެދު އެއްވެސް ޚިލާފުވުމެއްނެތްކަމުގައެވެ. [6]  ނަމަވެސް މިރާވީއަކީ އިތުބާރުހުރި ރާވީއެއްކަމާމެދު ޖަރްޙާއި ތަޢްދީލުގެ އިމާމުންގެ މެދުގައި އިޚްތިލާފުއުފެދިފައިވާތީ އިބްނު ޙަޖަރު ވިދާޅުވަނީ އޭނާއަކީ ބައެއް މީހުން މުޠްލަޤު ގޮތެއްގައި ޟަޢީފުކޮށްފައިވާ އަދި ޖުމްހޫރުން ޢަދުލުވެރިކުރައްވާފައިވާ ރާވީއެއްކަމުގައެވެ. އަދި ބައެއް މީހުން "عن عمرو بن شعيب عن أبيه عن جده" މިރިވާޔަތުގެ މައްޗަށް ބުރަވެ އޭނާ ޟަޢީފުކުރައްވާފައިވާކަމުގައެވެ. [7]  އިބްނު ޢަދިއްޔު ވިދާޅުވެފައިވަނީ އޭނާއަކީ ބައެއް ބޭކަލުން ثقة އެއްކަމުގައި ހައްދަވާފައިވާ، އަދި އެހެން ބޭކަލުން ޝަޢީފު ކުރައްވާފައިވާ ރާވީއެއްކަމުގައެވެ. [8]


މީނާއާބެހޭގޮތުން އައްޛަހަބީ ވިދާޅުވެފައިވެއެވެ. އަލްޤައްޠާން ވިދާޅުވިއެވެ. "އޭނާގެ ފަރާތުން ثقة އެއް ރިވާކުރައްވައިފިނަމަ އޭނާއަކީ ثقة އެކެވެ." އަދި އަލްއިމާމު އަބޫ ދާވޫދު ވިދާޅުވިއެވެ. "އޭނާއަކީ ޙުއްޖަތެއް ނޫނެވެ." [9]


الخزرجي ވިދާޅުވެފައިވެއެވެ. އަލްޤައްޠާން ވިދާޅުވިއެވެ. "އޭނާގެ ފަރާތުން ثقة އިން ރިވާކުރައްވައިފިނަމަ އޭނާއަކީ ޙުއްޖަތެއްގެގޮތުގައި ބެލެވޭނޭ ثقة އެކެވެ." އަދި އެހެން ރިވާޔަތެއްގައި އިބްނު މަޢީނުގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. "އޭނާގެ ބައްޕަ ނޫން ފަރާތަކުން ރިވާކޮށްފިކަމުގައިވާނަމަ އޭނާއަކީ ثقةއެކެވެ." [10]  ޙަޤީޤަތުގައިއިބްނު މަޢީނުގެ ފަރާތްޕުޅުން މިރާވީއާބެހޭގޮތުން ތަފާތު ގޮތްގޮތަށް ރިވާޔަތްތައް ނަޤުލުވެގެން އައިސްފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި އިތުބާރުހުރި ރާވީއެއްކަމުގައި ބަޔާންކުރެވިފައިވާއިރު، އަނެއްބައި ރިވާޔަތްތަކުން ދޭހަކޮށްދެނީ އިތުބާރުނެތްކަމެވެ. [11]


ޔަޙުޔާ ބިން ސަޢީދުގެ އަރިހުން ނަޤުލުކުރައްވައި އެބޭފުޅާ ވިދާޅުވިކަމަށް ޢަލީ ބިން އަލްމަދީނީ ވިދާޅުވިއެވެ. "ތިމަންމެންގެ އަރިހުގައި އޭނާގެ ޙަދީޘަކީ ޟަޢީފު އެއްޗެކެވެ." [12]  އަދި އިބްނު މަޢީނުގެ ފަރާތްޕުޅުން އައްދޫރީ އާއި މުޢާވިޔަތު ބިން ޞާލިޙު ރިވާކުރައްވައި ވިދާޅުވެފައިވެއެވެ. "(އޭނާއަކީ) ثقة އެކެވެ." [13]


މިރާވީގެ އިތުބާރުހުރިކަމާމެދު ވާހަކަ ދައްކަވާފައިވާ އިމާމުންގެ ބަސްފުޅުތަކަށް ނަޒަރު ހިންގައިލުމުން ފާހަގަވެގެންދާ ނުކުތާއަކީ މިރާވީ ޖަރްޙުކުރައްވާފައިވާ އިމާމުންގެ ތެރެއިން އެއްވެސް ބޭކަލަކު މިރާވީގެ ޢަދުލުވެރިކަމާމެދު ނުވަތަ ހިފެހެއްޓުންތެރިކަމާމެދު ޖަރްޙުކުރައްވާފައެއް ނުވެއެވެ. އަދިކިއެއްތަ! އެބޭކަލުންގެ މައްސަލައަކީ އަދި އެހެން މައްސަލައެކެވެ. އެއީ އޭނާގެ ބައްޕަގެ ފަރާތުން އޭނާ ރިވާކުރުމެވެ. އެހެންވީމާ، އެންމެ ބޮޑަށް ޤަބޫލުކުރެވެނީ އޭނާއަކީ އިތުބާރުހުރި ރާވީއެއްކަމަށެވެ. އަދި އިބްނު ޙަޖަރު [14]  ވިދާޅުވެފައިވާފަދައިން އޭނާއަކީ ޞަދޫޤު އެއްކަމުގައެވެ.
(ނުނިމޭ)


[1]  تهذيب التهذيب لابن حجر: 3/277
[2]  سير أعلام النبلاء للذهبي: 5/165
[3]  سير أعلام النبلاء للذهبي: 5/165
[4]  تهذيب التهذيب لابن حجر: 3/277، سير أعلام النبلاء للذهبي: 5/165
[5]  سير أعلام النبلاء: 5/165-166،تهذيب التهذيب: 3/277
[6]  الباعث الحثيث شرح اختصار علوم الحديث للحافظ ابن كثير – تحقيق أحمد محمد شاكر، ص 141
[7]  تهذيب التهذيب: 3/279
[8]  انظر هامش، الكامل في ضعفاء الرجال للإمام الحافظ ابن عدي الجرجاني، 5/114
[9]  الكاشف للذهبي، 2/332
[10]  خلاصة تذهيب تهذيب الكمال للخزرجي، ص 290
[11]  انظر تهذيب التهذيب: 3/278
[12]  سير أعلام النبلاء: 5/166
[13]  تهذيب التهذيب: 3/278
[14]  تقريب التهذيب: 1/441

 

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...
 عمرو بن شعيب عن أبيه عن جده (3)

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...
 عمرو بن شعيب عن أبيه عن جده (2)

 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.