header
ގުޅޭ ލިޔުންތައް
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް (3)
ޝަފީޢާ ޢަބްދުއްރައްޒާޤް، ހދ.ހަނިމާދޫ
02 11 2011
babypic

ބަނޑުގައިވާދަރި ވައްޓައިލުމުގެ ޙުކުމް
ހުރިހާ ފިޤުހު ޢިލްމުވެރިންވެސް އެއްބަސްވެލައްވާގޮތުގައި، ދަރިވައްޓައިލުމުގެ އަޞްލު ޙުކުމަކީ ޙަރާމެވެ. އަދި ފުރާނައެޅުއްވުމަށްފަހު (އެބަހީ: 120 ދުވަސްވުމަށްފަހު) ދަރިވައްޓާލުމަކީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ބަނޑުގައި ކުއްޖާ އޮތުމުން މައިމީހާގެ ފުރާނައަށް ނުރައްކާވުން ފިޔަވާ އެހެން އެއްވެސް ޙާލެއްގައި މިމަރުޙަލާގައި ދަރިވެއްޓުމަކީ ހުއްދަކަމެއްނޫނެވެ. [1]  ނަމަވެސް، ފުރާނައެޅުއްވުމުގެ ކުރިން ޝަރުޢީ، ޤަބޫލުކުރެވޭ އުޒުރަކާލައިގެން ދަރިވެއްޓުން ބައެއް ޢިލްމުވެރިން ހުއްދަކުރައްވައެވެ. މިމައްސަލައަކީ އިޚުތިލާފު ބޮޑު މައްސަލައެކެވެ. ނަމަވެސް، ތަފްޞީލަކަށް ނުގޮސް އެޚިލާފުތައް ކުރުގޮތަކަށް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.


އައްޝައިޚު ޔޫސުފުލްޤަރަޟާވީ ވިދާޅުވަނީ ޔަޤީންކުރެވޭ ޢައިބުތަކެއް ކުއްޖާގައިގައިވާކަމަށް އިތުބާރުހިފޭ ޑޮކްޓަރުންތަކެއް ޔަޤީންކޮށްދީފިނަމަ، 120 ދުވަސްވުމުގެ ކުރިން ދަރިވެއްޓުން ހުއްދައެވެ. އަދި ކިތަންމެ ބޮޑު ޢައިބެއް ހުރިކަމުގައިވިޔަސް، 120 ދުވަސްވުމަށްފަހު ދަރިވެއްޓުން ހުއްދައެއް ނޫނެވެ. 120 ދުވަސްވުމަށްފަހު ކުއްޖާ ވެއްޓޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ، ކުއްޖާއޮތުމުން މައިމީހާގެ ފުރާނައަށް ނުރައްކަލެއްވާކަން ޔަޤީންވުމެވެ. [2]  ޑޮކްޓަރ ވަހްބަތުއްޒުޙައިލީ ވިދާޅުވާގޮތުގައި،ޟަރޫރީ ބޭނުމަކަށްޓަކައި ހަތަރުމަސް ކުރިން ދަރިވެއްޓުން ހުއްދަކުރާ ޙާލަތްތަކެއް އަތުވެދާނެއެވެ. ބައެއް ބޭކަލުންގެ އަރިހުގައި ނަހަލާލަށް ބަލިވެއިންނަ ދަރި ވައްޓާލުންވެސް ހުއްދައެވެ.


ފަހުގެ ހުރިހާ ޢިލްމުވެރިންގެ ރައުޔަށް ބެލިޔަސް، ފެންނަން އޮތް ޖުމްހޫރުންގެ ރައުޔަކީ، ކަމަށް އިތުބާރުހިފެވޭ، ދީނަށް އަމާނާތްތެރި ޑޮކްޓަރުން ދަރިވައްޓާލުމުގެ ޟަރޫރީ ބޭނުމެއް އެބައޮތްކަމަށް ނުބުނާހާ ހިނދަކު، ރޫޙު އެޅުއްވުމުގެ ކުރިންވެސް (އެބަހީ: 120 ދުވަސް ވުމުގެ ކުރިން) ދަރިވެއްޓުން ޙަރާމެވެ.
(ނުނިމޭ)


[1]  بحوث فقهية في مسائل الطبية المعاصرة للدكتور علي محمد يوسف المحمدي ، ص 216
[2]  WWW.KAWAASAA.COM\DHEENA-DHUNIYE\AIBEH-HURUMUN-DHARI-VEHTUN.HTML

 
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް(2)
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް(1)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.