header
 
dhaala
shadow1

بسم الله الرحمن الرحيم

 

إن الحمد لله نحمده ونستعينه ونستغفره, ونعوذ بالله من شرور أنفسنا ومن سيئات أعمالنا, من يهده الله فلا مضل له,ومن يضلل فلا هادي له, ونشهد أن لا إله إلا الله وحده لا شريك له, ونشهد أن محمد عبده ورسوله.


އެންމެހައި ރިވެތި ޙަމްދު ޘަނާ ތަޢުރީފު ޙައްޤުވެގެންވަނީ ޢިލްމުގެ ނޫރުން ހިތްތައް އުޖާލާކޮށްދެއްވި ގަދަކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ ﷲ ތަޢާލާ ބާވައިލެއްވި ޢިލްމު މި އުންމަތަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވި މާތް ނަބިއްޔާ މުޙަންމަދު ބުން ޢަބްދިﷲ އަށެވެ.

"ދާލަ" ޓީމް: މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި 2011 ވަނަ އަހަރު ހިންގި ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒްގެ ހަތަރުވަނަ އަހަރުގެ ދަރިވަރުން ތައްޔާރުކޮށް ހިންގާ ސައިޓެކެވެ.

"ދާލަ"ގެ މަޤުޞަދު: އަޅުގަނޑުމެންގެ މަޤްޞަދަކީ ޢިލްމީ ގޮތުން އަޅުގަނޑުމެންނަށް ފޯރުކޮށްދެވެން އޮތް އެންމެ ތަނަވަސް މިންވަރެއްގައި ދިވެހިރާއްޖޭގެ ކިޔަވާ ކުދިންނަށާއި އަދި ޢިލްމު އުނގަންނައިދޭ ފަރާތްތަކަށް އިތުބާރު ހުރި ގޮތެއްގައި ދީނީ ހުރިހާ ދާއިރާއަކުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ޢިލްމީ މިފަދަ ސައިޓެއް ވުޖޫދަށް ގެނައުމަކީ އަޅުގަނޑުމެންގެ ކޯހުގެ ދެވަނަ އަހަރުން ފެށިގެން ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް އޭރު އަޅުގަނޑުމެންނަށް މިފަދަ މަސައްކަތެއް ކުރާނެ ގޮތުގެ ޢިލްމު ލިބިފައި ނުވުމާއެކު އެހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަޠު ނުލިބުނީއެވެ. އެހެން ނަމަވެސް ﷲގެ ވާގިފުޅާއި ހެޔޮ ރަޙުމަތުން މިއަދު "ދާލަ"ގެ ނަމުގައި އަޅުގަނޑުމެން ދެކެމުން އައި ހުވަފެން މިވަނީ ޙަޤީޤަތަކަށް ވެފައެވެ. (الحمد لله)

"ކޮޕީ ރައިޓްސް": މި ސައިޓްގައިވާ އެއްވެސް ލިޔުމެއް "ދާލަ"ގެ ހުއްދައާއި ނުލައި ވިޔަފާރީގެ އުޞޫލުން ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެއްވެސް ލިޔުމެއް ބޭނުންކުރައްވާނަމަ އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ "ދާލަ"ގެ އިލްތިމާސެކެވެ.

މިސައިޓްގައިވާ އެއްވެސް ލިޔުމެއްގައި ކުށެއްވާނަމަ info@dhaala.com އަށް މެއިލްގެ ޒަރިއްޔާއިން އަންގާލަ ދެއްވުމަކީ ދާލަގެ ވަރަށް ބޮޑު އެދުމެކެވެ.

02 ނޮވެމްބަރ 2011  

- ދާލަ ޓެކްނިކަލް ޓީމް -
shadow2
 
 
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.
Web Design by: Shamil